މާލޭ ސިޓީ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބު
12 Jan 2024
ޚަބަރު
މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލާ ވަގުތު އިތުރުކޮށްފި
އެކޮމިޝަނުން ބުނީ، އިންތިޚާބުތަކުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރުމަށް ނިންމީ، މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ކަމަށެވެ.
11 Jan 2024
ޚަބަރު
ވަޒީފާއެއް ގެއްލިގެން އެންމެ ދެރަވި ވަޒީފާއަކީ، ޖެންޑާ މިނިސްޓަރުކަން: އާޒިމާ
އާޒިމާ ޖެންޑަރ މިނިސްޓަރުކަމުގެ ވަޒީފާ އަދާކުރެއްވީ، ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގައެވެ. އެކަމަނާ އެމަޤާމުން ވަކިވެވަޑައިގަންނަވަން ޖެހިވައިޑައިގަތީ ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވުމުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން ބަންޑާރަ ނައިބު ކަމުގެ މަޤާމަށް އެކަމަނާ ހަމަޖެއްސެވުމަށް މަޖިލީހުން ރުހުން ދެއްވިއެވެ.
11 Jan 2024
ޚަބަރު
މޭޔަރުކަމުގެ މަޤާމަށް ވަޑައިގެން ފުރަތަމަ ކުރައްވާނެ ކަމަކީ މާލެ ސާފުކުރުން: އާޒިމާ
އާޒިމާ ވިދާޅުވީ، މާލޭގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރުމަށް ތިން ލެވެލްއެއްގައި އޮތީ މަސައްކަތްތައް ކުރަން ޖެހިފައި ކަމަށެވެ. މިގޮތުން ކަންކަން ތަންފީޒު ކުރުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް ކަމަށާއި މިގޮތުން މަގު ހިނގާ މީހުންނާއި މަގުމަތި ބޭނުންކުރާ މީހުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދޭން ޖެހޭކަމުގައި އާޒިމާ ވިދާޅުވިއެވެ.
08 Jan 2024
ޚަބަރު
އަޅުގަނޑު ވަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާނެ މީހަކަށް: އާޒިމް
އާޒިމް ވިދާޅުވީ، މިހާތަނަށްވެސް ކުރެއްވި ހުރިހާ މަސައްކަތެއްގައި މާތްﷲ ގެ ވާގިފުޅާއިއެކު ކާމިޔާބު ހޯދުނު ކަމަށެވެ. އެހެންކަމުން މިފަހަރު އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ކާމިޔާބު ހޯދޭނެކަމުގެ ޔަޤީންކަމާއި އެކުގައި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، މިހާތަނަށް ހަވާލުވި ކޮންމެ ތަނަކުންވެސް ވަކިވެވަޑައިގެންނެވީ އެތަނަކީ، ފައިދާވާ އަދި ހަރުދަނާ ތަނަކަށް ހައްދަވައި ދެއްވުމަށް ފަހުގައި ކަމަށެވެ.
06 Jan 2024
ޚަބަރު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތައް ޤަވައިދަށް ބަދަލު ގެންނާނަން: ރައީސް
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވައިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނަށް މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
05 Jan 2024
ޚަބަރު
ރާއްޖެ ދަތުރުކުރަމުން މިދަނީ ވަރަށް ނުރައްކާތެރި ދިމާލަކަށް، ހުއްޓުވަން ޖެހޭ: އާޒިމް
އާޒިމް ވިދާޅުވީ، މިސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ހުރިހާ ވާހަކަތަކަކީވެސް ދޮގުވާހަކަތަކެއްކަން މިހާރު އެދަނީ ސާބިތުވަމުން ކަމުގައެވެ. އެގޮތުން އިންޑިއާ ސިފައިންނާއި ބެހޭ ގޮތުން މިސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ވާހަކަތައް ޚާއްޞަ ގޮތެއްގައި އާޒިމް ފާހަގަކުރެއްވިއެވެ.
19 Dec 2023
ނައިބް ރައިސް ފައިސަލް ނަސީމް
މުޅިރާއްޖޭގެ ތަރައްޤީގައި އާދަމް އާޒިމް ވެދެއްވި ޙިއްޞާ ވަރަށް ބޮޑު: ކުރީގެ ނައިބު ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި، ވިދާޅުވީ އާދަމް އާޒިމްއަކީ، މަސައްކަތް ކުރެއްވި ކޮންމެ ތަނެއްގައިވެސް ނަތީޖާ ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އާޒިމްއަކީ މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް އެންމެ ޤާބިލް ކެންޑިޑޭޓްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
18 Dec 2023
ޚަބަރު
އާޒިމް ސަންގު ޓީވީގެ ބަހުސްގައި ބައިވެރިވެވަޑައި ނުގެންނެވުަމަށް ނިންމެވީ މިނިވަން މޮޑާރޭޓަރެއް ނެތުމާއި، ހަތަރު ދުވަހަށް ބަހުސްކުރިޔަށްދާތީ: އެމްޑީޕީ
ހަތަރު ރެއަށް ދެމިގެންދާގޮތަށް ސަންގު ޓީވީ އިންތިޒާމްކުރި ބަހުސްގައި މިރޭގެ މައުލޫއަކަށް ކަނޑައަޅާފައި އޮތީ ބޯހިޔާވަހިކަމެވެ. އަދި ބަހުސްގައި އާޒިމް ބައިވެރިވެވަޑައި ނުގަންނަވާނެކަން ދުރާލައި އެމްޑީޕީން ވަނީ ސަންގުޓީވީއަށް އަންގާފައެވެ.
16 Dec 2023
ޚަބަރު
މާލޭ ސިޓީކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބުކޮށްފި
15 Dec 2023
ޚަބަރު
މާލޭ ސިޓީ ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ.
އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި، ގުރުއަތު ނެގުން އޮންނާނީ، މާދަމާ 11 ޖަހާއިރު، އިންތިޚާބާއި ބެހޭ މަރުކަޒު ދަރުބާރުގޭގައި ކަމަށެވެ. އެކޮމިޝަނުން ވިދާޅުވީ ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑިއަށް، ގުރުއަތުނަގާ ތަނަށް ކެންޑިޑޭޓަކަށް ހާޟިރު ނުވެވޭ ނަމަ ބަދަލުގައި ފޮނުއްވަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއެއް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ކެނޑިޑޭޓުންވެސް އަދި ކެނޑިޑޭޓުގެ ފަރާތުން ބޭފުޅަކުވެސް ހާޟިރު ނުވާނަމަ ގުރުނަގާނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއް ކަމުގައި އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
12 Dec 2023
އާދަމް އާޒިމް
އާޒިމް ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި
މިއަދު މެންދުރުފަހު އާޒިމް ވަނީ، ހުޅުމާލެއަށް ވަޑައިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ހުޅުމާލޭގެ ކަންކަންކަމަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މިގޮތުން އާޒިމްއާ ބައްދަލުވި އާއްމުރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކުން ވަނީ، ހުޅުމާލޭގައި ދިރިއުޅުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާއި، އަދި އިތުރަށް ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަތައް އާޒިމްއަށް ދަންނަވާފައެވެ.
12 Dec 2023
މާލޭ ސިޓީ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބު
މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑެންސީ ހުށައަޅައިފި
މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މާލޭގެ މޭހަރު ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައަޅުއްވާފައި ވަނީ އާދަމް އާޒިމެވެ. މީގެ އިތުރުން މާލޭ ސިޓީކައުންސިލްގެ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައެޅުއްވީ، ހެންވޭރު ދެކުނު ދާއިރާއަށް، ޙައްވާ ނިޙްލާ އާއި، މާފަންނު ދެކުނު ދާއިރާއަށް، އަޙްމަދު އިމްރާނާއި، މެދުހެންވޭރު ދާއިރާއަށް، އަޙްމަދު ރިޝްވާން އެވެ.
11 Dec 2023
ޚަބަރު
އެމްޑީޕީ ސަރުކާރުގައި ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް ސިޓީކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ދެކޮޅު ހެއްދެވީ މޭޔަރު: ޢަލީ ނިޔާޒް
11 Dec 2023
ޚަބަރު
ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މިވަގުތަށް ބަަލާއިރު ރައްޔިތުންގެ ފައިސާ އިސްރާފް ކުރުން: އާޒިމް
އާޒިމް ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ، މިވަގުތަށް ބަލާއިރު، ރައްޔިތުންގެ ފައިސާއިން ކުރެވޭނެ އިސްރާފަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެކަމަށް ވުރެ، މާލެއާ އެއަށްވުރެ ކައިރިން ހިއްކާފައިވާ ބިންތައް އާބާދުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން މާ ރަނގަޅުކަން އާޒިމްގެ ވާހަކަގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލެ ކައިރީގައި ހުރި އެހެން ބިންތައް ތަރައްޤީ ނުކޮށް އަނެއްކާ އަލުން އާބިމެއް ހިއްކައިގެން ތަރައްޤީކުރާ ނަމަ އެކަން ވާނީ ރައްޔިތުންގެ ފައިސާއިން ކުރެވޭ ބޮޑު އިސްރާފަކަށް ކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.
09 Dec 2023
ޚަބަރު
ރަސްމީކޮށް އާދަމް އާޒިމްގެ ކެމްޕޭން ފެށުން އާދީއްތަ ދުވަހުގެ ރޭ
އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރ އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ސޯސަން ޖަގަހަ ކުރިމަތީގައި ކަމަށެވެ.